ބޭނުންވާ ތަކެތި
1 ލާހި ހިއްކި ބަތް
1 ފިޔާ ( ކުދިކޮށް ކޮށާފައި (
1 ގިތެޔޮމިރުސް ( ކުދިކޮށް ކޮށާފައި(
މަސްމިރުސް
ރިހާކުރު
އަސޭމިރުސް
ހިކަނދިފަތް ( ކުދިކޮށް ކޮށާފައި
(
ލުނބޯ
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބަތް ތެލުލާށެވެ. ( ފަހަރަކު ހިއްކި ބަތް ސަމްސަލެއް އަޅުއްވައިގެން
ތެލުލުމުން ފަސޭހަވާނެއެވެ. ) ފިޔާ، ގިތެޔޮމިރުސް، ހިކަނދިފަތް ތެރެއަށް ލުނބޯ
ޖައްސަވައިގެން މޮޑުއްވާށެވެ. އަދި އަސޭމިރުސް، މަސްމިރުސް، ރިހާކުރު
އެއްކުރުމައްފަހު ލޮނު ހެޔޮވަރު ކުރައްވާށެވެ. އެއައްފަހު ތެލުލެއްވި ބަތް
އެއްކޮށްލައްވާށެވެ.
ނޯޓް: ކައްކާފައި ބާކީ ވާ ބަތް އުކާލުމުގެ ބަދަލުގައި މިގޮތައް ވެސް ބަތް
ބޭނުން ކުރެވިދާނެއެވެ. އިސްރާފު ކުރުމުގެ ނުބައި އާދައިން ސަލާމަތް ވުމަށް
މިއީވެސް ގޮތެކެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ