ފަރާޓާ
ބޭނުންވާތަކެތި
ބައިކިލޯފުއް
ބައިޖޯޑުމާޖިރިން
2 ބިސް (ގިރާފައި)
2 ސައިސަމުސާ އީސްޓް
1 މޭޒުމަތީސަމުސާހަކުރު
2 ފިޔާ (ކޮށާފައި)
1 މޭޒުމަތީސަމުސާހިކިކިރު
ތެޔޮފޮދެއް
ހަދާނެ ގޮތް
ފުރަތަމަ ފުށާއި އީސްޓް
ކިރު ލޮނު ބިސް އަދި ހަކުރު އެއްކޮށްލުމަށްފަހު
މާޖިރިންއެއްކޮށްގެން
ބޮރެޑް ކޮރަމްބަލްސްއަށް ވާގޮތަށް މޮޑެލައްވާށެވެ. ދެންތާފަނާފެން އެއްކޮށްގެން
ފުށްގަޑު ދަމާލެވޭވަރަށް މޮޑެފައި ބާއްވަވާށެވެ. ދެންތަވާ އުދުންމައްޗަށް
އުދާލާފައި ކުޑަތެޔޮފޮދެއްއަޅާފައި ހޫނުވީމާ ފިޔާކޮޅު
އަޅާލުމަށްފަހުފިޔާކޮޅުރަތްކޮށް ލައްވާށެވެ. (ރަގަޅުވާނީ ގިތެޔޮކޮޅެއްގައި
ރަތްކުރިއްޔާ!)ދެންފުއްގަނޑު ކުދިކޮށް ގުޅަގުޅަ ކަނޑާލުމަށްފަހު ފުއްގުޅައެއް
ނަގާފައި ދެމުނުހާތުނިކޮށް ދަމާލުމަށްފަހު ރަތްކޮށްފައި ހުރިތަނުންފިޔާ
ސަމުސަލެއްހާ ފިޔާކޮޅެއްނަގާފައި ހާކާލުމަށްފަހު އިގިލިކުރިން ފުއްކޮޅެއް ނަގާފައި
ބުރުވާލާށެވެ.ދެންމެދުންލޯވަޅެއް ހަދާލުމަށްފަހު ކެނޑެންދެން ދެފަރާތަށް
އޮޅަމުންދާށެވެ. ދެންދެކޮޅުދެފަރާތަށް ވައްކޮށްއޮލުމަށްފަހު
(އުޅާޅިއޮޅާފައިހުންނަގޮތަށް!)ގޮސްހުސްވީމާ އެއްބައިމައްޗަށް އަނެއްބައިލާފައި
ތަށްކޮށްފައި އަނެއްފަހަރު ދަމާލާށެވެ. ތަންކޮޅެއްބޯކޮށް ދަމާލުމަށްފަހު
ރޮށިފިހޭތަވާ ދޮންކޮށްގެން ފިހެފައި ނަގާފައި އެއްއަތްތިލަމަތީގައި ބާއްވާފައި
އަނެއް އަތުންޖަހާފައި
ރޮށިލާއެއްޗަށްލާށެވެ.
(އެހެންހެދުމުން ކުޑަކޮށް ފަށަލަތައް ނިއުޅޭގޮތްވާނެއެވެ!)
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ