އެކަން ތިބާގެ
މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟
أبو أمامة
ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ހަމަ ކަށަވަރުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ޒުވާނަކު އައެވެ. އަދި ދެންނެވި
އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަހުރެންނަށް ޒިނޭ ކުރުމަށް ހުއްދަ
ދެއްވާށެވެ."
ދެން އަޞްޙާބު ބޭކަލުން އޭނާއާ ދިމާއަށް
ތެދުވެ ވަޑައިގެންނެވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް
ކުރެއްވިއެވެ. " އޭނާ ދޫކޮށްލާށެވެ!"
ދެން އެ ޒުވާނާ ކައިރި ކުރައްވައި ފިއެވެ.
ދެން ޙަދީޘް ކުރެއްވިއެވެ. " ކަލޭގެ މަންމައަށް
އެކަން ލޯބި ކުރަން ހެއްޔެވެ؟" (އެބަހީ؛ މީހަކު ކަލޭގެ މަންމައާ ޒިނޭ
ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ
ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް
ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ މައިންނަށް އެކަމަށް (އެބަހީ؛
ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ އަންހެން ދަރިއަށް ކަލޭ އެކަމަށް ލޯބި
ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ އަންހެން ދަރިއާ ޒިނޭ ކުރުމަށް ކަލޭ
ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ
ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނަށް
އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ އުޚްތަށް ކަލޭ އެކަމަށް
ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ އުޚްތާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން
ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ
ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް
އެމީހުންގެ އަންހެން ދަރިންނަށް އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ.
ކަލޭގެ ބަފާފުށުގެ ބޮޑުދައިތައަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛
މީހަކު ކަލޭގެ ބަފާފުށުގެ ބޮޑުދައިތައާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ
ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނަށް
އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ މައިފުށުގެ
ބޮޑުދައިތައަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ
މައިފުށުގެ ބޮޑުދައިތައާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ
ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
އެކަލޭގެފާނުގެ އަތްޕުޅު އެޒުވާނާގެ ބޮލުގައި އަޅުއްވައި ދުޢާކުރެއްވިއެވެ.
"އޭ ﷲ! އޭނަގެ ފާފަތައް ފުއްސަވައި، އޭނަގެ ހިތް ޠާހިރު ކުރައްވައި، އޭނާގެ
ލަދުވެތި ގުނަވަން ރައްކާތެރި ކުރައްވާނދޭވެ!"
އޭގެ ފަހުގައި މި
ޒުވާނާ އެފަދަ ކަމަކަށް ކުރިމަތިލާ މީހަކު ކަމުގައެއް ނުވެއެވެ.
·
މިއީ އިމާމް
އަޙުމަދު ، ޞައްޙަ ސަނަދުން ބަޔާން ކުރައްވާފައިވާ ޙަދީޘެކެވެ. (السلسلة الصحيحة މިފޮތް
ބައްލަވާށެވެ. 1/370 )
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ