ލިޔުއްވީ: އައްޝައިޚް މުޙައްމަދު ބިން އިބްރާހިމް
އަދި އައްޝައިޚް ހަސަން މޫސާ ފިކުރީ
“ޤިޔާމަތްވުމުގެ
ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު ފެޅިއްޖެއެވެ.”(القمر 1)
“ފަހެ، ލޮލަށް
ޙައިރާކަންލިބި ކަޅިވިދި ތަރަތަރަލާހިނދެވެ.(7) އަދި ހަނދު ކޭތަހިފައި އެއިން
އަލިކަން ފިލައިދާހިނދެވެ.(8) އަދި އިރާއި، ހަނދު އެއްވާހިނދެވެ.(9) އެދުވަހުން
އިންސާނާ ބުނާނެތެވެ.
ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟(10)” (القيامة 7-10) “. . . ހަމަކަށަވަރުން، ޤިޔާމަތުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.(1)
ތިޔަބައިމީހުންނަނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެމީހުންގެ ކިރުދޭ
ޅަދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުންގެ ބަނޑުގައިއޮތް ދަރި
ވެއްޓި، މީސްތަކުން މަސްތުވެފައިވާ ފަދައިންވަނިކޮށް ދެކޭނެއެވެ. ނަމަވެސް
އެމީހުން ވަނީ މަސްތަކުނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ.(2)” (الحج 1 -2)
ދުނިޔެ
ނިމޭނޭހިނދު، ނުވަތަ ޤިޔާމަތް ވާހިނދު ކަންތައް ވެގެންދާނޭ ގޮތް ކީރިތި
ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވަނީ މިފަދައިންނެވެ. އަދި މިނޫން އެހެން
އާޔަތްތަކުގައިވެސް ޤިޔާމަތްވާހިނދު އިންސާނާގެ ޙާލަތު ހުންނާނޭގޮތް މާތް ﷲ ވަނީ
ބަޔާންކޮށްދެއްވާފައެވެ. ޤިޔާމަތުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތަކާއި
ދައްޖާލާއި ފަހުޒަމާނުގެ ފިތުނަތަކުގެ ވާހަކަ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ ޙަދީޘްތަކުގައި ތަފްޞީލުކޮށް އެނގެން އެބަހުއްޓެވެ. އަދި އެފަދަ
ޙާލަތްތަކުގައި މުއުމިނާގެ ދަޥުރަކީ ކޮބައިކަމާއި، މި ވާހަކަތަށް އިސްލާމްދީނުގައި
ކުރިޔާލައި ބަޔާން ކުރައްވާފައިވާ ފައިދާ އޭގެ ނަތީޖާތަކާއެކު ދެނެގަނެވޭންވެސް
ނަބަވީ ތަޢުލީމުގައި އެބަ ހުރި މެއެވެ.
ނަމަވެސް ކީރިތި
މާތް ﷲ ގެ އާޔަތްތަކާއި އެކަލާނގެ ފޮނުއްވި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
ސުންނަތުގައިވާ މުސްތަޤްބަލީ މިފަދަ ޢިލްމުތައް މުޠާލިޢާ ކުރުމުގެ ބަދަލުގައި
ވަރަށް ގިނަ މުސްލިމުންގެ ލޯތައްވެސް މިއަދު ހުއްޓިފައިވަނީ ޣައިރު ދީންތަކުގެ
މީސްމީހުންގެ ފަލްސަފާތަކުގެ މައްޗަށެވެ. އަދި އެމީހުން ހަނދާފައިވާ ޚިޔާލީ ފިލްމު
ތަކުގެ ވައްޓަފާޅިއަށެވެ. ބައެއް ޣައިރު އިސްލާމީ ޙަޟާރަތްތަކުގައިވެސް ޤިޔާމަތް
ވުމުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ. ނަމަވެސް އެވާހަކަތުގެ ތެރެއަށް
އިތުރުވެފައިވާ ޚުރާފާތްތަކާއި ޝިރުކިއްޔާތުތަކަކީ، އިސްލާމީ ޢަޤީދާގެ މަތީގައި
ހުރި މީހަކަށް އޭގައިވާ ބާޠިލްކަން ވަންހަނާވެފައި އޮންނާނެ ކަންކަމެއް ނޫނެވެ.
އާދެ!
މިބުނެވިދިޔަފަދަ އިލާހީތަޢުލީމާ މުޅީން ބީރައްޓެހި ފަލްސަފާތަކުގެ ހިޔަލުގައި
ދިރިއުޅުން ވެއަތުކުރަމުންގެންދާ ބައެއް މީހުން ދެކޭގޮތުގައި 2012 ވަނަ އަހަރު
ދުނިޔެ ނިމިގެންދާނެވެ. މާޔަން ކަލަންޑަރުގައި ވާގޮތުން ދުނިޔޭގެ ތާރީޚުގެ
ނިމުމަކީ 21 ޑިސެމްބަރ 2012 އެވެ. އެއީ އެމީހުން ކަލަންޑަރުގައި ވާގޮތުންނަމަ،
ފަސްވަނަ “ލޯންގު ކައުންޓު” (ދިގު ގުނުން) ނިމިގެން ދާނެ ތާރީޚެވެ. އެމީހުންގެ
ތާރީޚުގައި ވާގޮތުން ކޮންމެ 26 ހާސް އަހަރަކުން “ގުރޭޓް ސައިކަލް” (ބިޑު ބުރެއް)
ފުރިހަމަވާނެއެވެ. މާޔަން ޙަޟާރަތުގެ ތެރޭގައި ދުވަސް ގުނާ ގޮތުގައި “ޕުރޮސެޝަން
އޮފް އިކުއިނޮކްސް” ތަކެއް ހުރެއެވެ. އެއަށް “ގުރޭޓް ސައިކަލް” އޭވެސް ކިޔައެވެ.
އެގޮތުން އެއިން ކޮންމެ “ދިގު ގުނުމެއްގެ” ތެރޭގައި 5 މިލިޔަން އަހަރު
ހަމަވާނޭކަމުގައިވެސް އެވާހަކަތަކުގައި ހުރެއެވެ.
އެހެންވުމުން
މިބުނާ ފަސްވަނަ “ޕުރޮސެޝަން އޮފް އިކުއިނޮކްސް” ފުރިހަމަވާނެ ތާރީޚަކީ 2012 ވަނަ
އަހަރުގެ 21 ޑިސެމްބަރު (1434 ގެ صَفَرُ މަހުގެ 8 އާ ދިމާވާ ) ވާ ހުކުރު
ދުވަހެވެ. މާޔަން ކަލަންޑަރުގެ އެންމެ ފަހު ދުވަހަކީ އެދުވަސްކަމުގައިވާތީ އެއީ
އެންމެ ފަހުދުވަސް ނުވަތަ އާޚިރަތް ދުވަސްކަމުގައި އެމީހުން ނިންމައެވެ. ޤިޔާމަތް
ޤާއިމުވާނެދުވަހަކީ ހުކުރު ދުވަސް ކަމުގައި ޝަރުޢީ ޞައްޙަ ދަލީލުތަކުން
ކަށަވަރުވާން އޮތަސް މި އަހަރުގެ އާދެ! 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21
ވާ ހުކުރު ދުވަހަކީ ޤިޔާމަތް ވާނޭ ދުވަހެއް ނޫންކަމުގައިވެސް ޞައްޙަ ދަލީލުތަކުގެ
އަލީގައި ޝައްކެއް ނެތި ކަށަވަރުވާން އެބަ އޮތެވެ. سورة النساء ގެ “ وَإِنْ مِنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا “ (159) ހަމަ
އެކަނި މި އާޔަތުގެ ތަފްސީރަށް ބަލާލި ނަމަވެސް އެވާހަކަ އަކީ ބާޠލް ވާކައެއްކަން
އެނގިގެންދާހުއްޓެވެ.
ހަމައެފަދަ ބައެއް
ޚިޔާލުތަކުގެ ތެރޭގައި ބޮޑެތި ދޮގު ޚަބަރުތައްވެސް ދަނީ ފެތުރެމުންނެވެ. އެގޮތުން
އެމެރިކާގެ ފަލަކީ ހިސާބުތަކާބެހޭ މުއައްސަސާ ކަމުގައިވާ ނާސާއިންވަނީ 21
ޑިސެމްބަރު 2012 ވަނަ ދުވަހަކީ “ސޯލާ ޕޯލަރ ޝިފްޓް” (އިރު ހިނގާ ދަނޑިއަށް
ބަދަލުއަންނަ) ދުވަހެއްކަމުގައި ވެދާނޭކަމަށް ބުނެފައިވާ ޚަބަރު ހިމެނެއެވެ. އަދި
އެދުވަހު ސޯލާރ ސްޓޯމް (އިރުން އުފުދޭ އާވީގެ ތޫފާނަކާއި) ދުނިޔޭގެ “މެގްނެޓިކް
ޕޯލަރ ޝިފްޓް” (ދުނިޔޭގެ ދަގަތްފާނު ބާރުގެ މައްޗަށް ބިނާވެފައިވާ ދެކުނު
ދަނޑިއަށް ބަދަލުއަންނަ) ދުވަހެއް ކަމުގައިވެސް ވެދާނެކަމަށެވެ. އެގޮތުން ތަފާތު
ޤުދްރަތީ ކާރިޘާތައް އުފެދުމާއި، އޭގެ ތެރޭގައި ބިން ހެލުމާއި، ސުނާމީއާއި،
ވަލްކެނޯ އިރަޕްޝަން (އަލިފާން ފަރުބަދަތައް ގޮވުމާއި) އަދި މިނޫން ކަތައްތައްވެސް
ހިނގާފާނޭކަމުގައި ބެލެވޭކަމަށްވެސް ވެއެވެ.
ވިސްނާލައްވާށެވެ.
މިފަދަ ބޮޑެތި ކަންކަން ނާސާ ފަދައ ދުނިޔޭގެ ބޮޑެތި މުއައްސަސާތަކަށް
އެނގޭކަމުގައިވާނަމަ، އެވާހަކަތައް ސިއްރުކުރުން އެކަށީގެން ނުވެއެވެ. އަދި
މިވާހަކަތަކަކީ މިހާތަނަށް ރަސްމީ ސިފައެއްގައި މިފަދަ އެއްވެސް ވާހަކައެއް
ނަސާއިވެސް ހާމަކޮށްފައިވެސް ނުވާ ދޮގު ޚަބަރުތަކެކެވެ. އަދި ކިއެއްތަ މި ޚަބަރުތަކަކީ
ދޮގު ޚަބަރުތަކެއް ކަމުގައި ނަސާގެ ވެބްސައިޓުގާޥެސް ވަނީ ހާމަކޮށްފައެވެ.
www.nasa.gov/topics/earth/features/2012.html
އެ ޚަބަރުތަކުގެ ތެރެއިން ތަންކޮޅެއްގެ ތަރުޖަމާ ނަކަލުކޮށްލާނަމެވެ.
www.nasa.gov/topics/earth/features/2012.html
އެ ޚަބަރުތަކުގެ ތެރެއިން ތަންކޮޅެއްގެ ތަރުޖަމާ ނަކަލުކޮށްލާނަމެވެ.
ސުވާލު: 2012 ގައި ދުނިޔެ ނިމޭނެކަމަށް
ދެކެވޭ ވާހަކަތަކުގެ އަޞްލަކީ ކޮބައިތޯއެވެ؟
ޖަވާބު: އެވާހަކަ
ފެށިފައިވަނީ، ސޫމާރިއަނުންގެ ޙަޟާރަތުގައި އެމީހުން ހޯދާފައިވާ ކަމަށްބުނާ
ބޮޑުތަރި “ނިބިރޫ” އަންނަނީ ދުނިޔެއާ ދިމާލަށް ދަތުރުކުރަމުންކަމުގައި ބުނާ
ވާހަކައިންނެވެ. މި ކަން އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ 2003 ވަނަ އަހަރުގައި ވާނެ
ކަމެއްގެ ގޮތުގައެވެ. ނަމަވެސް 2003 ގައި ދުނިޔެ ނިމިގެން ގޮސްފައިނުވާތީ އެދުވަސް
2012 އަށްވަނީ ބަދަލުކޮށްފައެވެ. އަދި ބެލެވޭގޮތުގައި މިފިކުރަކީ އެޚަބަރާއި
މާޔަން ކަލަންޑަރުގެ ނިމުމާ ގުޅުވާލައިގެން އުފެދިފައިވާ ފިކުރެކެވެ. (މިވާހަކަ
ތަކުގެ ދޮގުކަން ވަރަށް ތަފްޞިލުކޮށް މިލިޔުމުގައިވަނީ ކިޔައިދީފައެވެ.)
މިފަދަ
ޚަބަރުތަކުގެ ތެރެއިން ފެތުރޭ ވާހަކަތަކުގެ ތެރޭގައި، 2012 ވަނަ އަހަރުގެ
ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޢިސާގެފާނު ދުނިޔެއަށް
ފައިބައިވަޑައިގަންނަވާނެއެވެ. ޢީސާގެފާނަކީ މާތް ﷲ ކަމުގައި ނުވަތަ އެކަލާނގެ
ދަރިކަލެއްކަމުގައި ބުނާ މީހުންގެ ތެރެއިން އައިސްފައިވާ މިޚަބަރުތަކަކީ
“ބައިބަލް” ނުވަތަ އިންޖީލުގައިވެސް ނެތް ވާހަކަތަކެވެ. ނަމަވެސް މިވާހަކަތައް
ފެތުރިގެން ދާހިނދު، ނަޞާރާއިންގެ ގިނަ މީހުންވެސް މިވާހަކަތައް ލޮލުން ބޮލުން
ޤަބޫލުކުރެތެވެ.
ބައެއް މީހުން ބުނާގޮތުގައި،
ދުނިޔެދުށް ބޮޑެތި ފިޒިކް ޢިލްމުވެރިއެއް ކަމުގައިވާ އައިސެކް ނިއުޓަން ވެސްވަނީ
ދުނިޔެ ނިމޭނޭ ދުވަހެއް ހިސާބުކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ
ހިސާބުތަކުން ދައްކާގޮތުންނަމަ އެއީ 2060 ގެ އަހަރެއް ކަމުގައިވެސް އެމީހުން
ހާމަކުރެއެވެ. ނަމަވެސް މި ޚަބަރަކީވެސް އެބުނާ ސައިންޓިސްޓުގެ ކިބައިން
ސާބިތުވެފައިވާ ޚަބަރެއް ނޫނެވެ. ޚަބަރު އައިނައިތަނެއް ނޭނގި ސޯޝަލް މީޑިޔާގައި
ފެތުރެމުންދާ ބޮޑު ކުނިގަޑެކެވެ.
-އައްޝައިޚް ހަސަން މޫސާ ފިކުރީ-
އަދި މިނޫނަސް
މިފަދަ އެތައް ބައިވަރު ދޮގުވާހަކަތައް ދުނިޔެ ނިމުމާއި ގުޅުވައިގެން
ދެކެވެމުންދެއެވެ. އަޞްލެއްނެތް މިފަދަ ވާހަކަތަށް ނަޤުލުކުރުމަކީވެސް
ޙަޤީޤަތުގައި އިސްލާމުންފަދަ އިލާހީ މަޞްދަރުން ޢިލްމު ހޯދަމުންދާ ބަޔަކަށް ވަރަށް
ބޮޑު ޢައިބެކެވެ. މިކަމާ އެކުގައިވެސް ޝަރުޢީ ޢިލްމާ ދުރަށް ފޭވަމުންދާނޭގޮތަށް
އިސްލާމީ މުޖްތަމަޢުތަކުގައި ތަރުބިއްޔަތު ހުރުމުން އޭގެތެރެއިން ބައެއް
ވާހަކަތައް ނަކަލްކޮށް، އޭގެ ބާޠިލްކަމާއި އަސާސެއްނެތްކަން ހާމަކޮށް، މުސްލިމުން
އަތުގައިވާ ޢިލްމާއި ސައިންސް ވަނީ ޙައްޤުހާމަކޮށް، މަތިވެރިވެރިކުރުމުގައި
ދުނިޔެވީރޮނގުންވެސް އެންމެ އުސް ކުރިބޯށީގައިކަން ؛ ޣާފިލުވެފައިތިބި މުސްލިމް
އަޚުންނާއި އުޚްތުންނަށް ހަނދާންކޮށްދީ ތާޒާ ކޮށްދިނުމީ ކުރަންޖެހޭ ކަމެއްކަމުގައި
ވާނެތީ ނަޞީހަތާއި އިރުޝާދުގެ ގޮތުން ލިޔެލަމެވެ. ފަހެއެޒާތުގެ ބޭކާރުވާހަކަތަކާއި
ޚުރާފާތްތަކުން އިންސާނީ ސިކުނޑިތައް އެއްކިބާކުރުމުގެ މުޖައްރިބު ވަސީލަތަކީ
ޝަރުޢީ ޢިލްމު އުނގެނުން ކަމުގައި ޝައްކަކާނުލައި އެންމެހާ މުސްލިމުން
ޔަޤީންކުރުން ހުއްޓެވެ!
ހަމަމިޔާއެކު ޤިޔާމަތް ކައިރިވުމާމެދު އަޅުގަނޑުމެނަށްޓަކައި މާތް ﷲ ބާވައިލައްވާފައިވާ 2 ވަޙީގެ ޛަރީޢާއިން ބަޔާންކޮށްދެއްވާފައިވާ ޙައްޤުޢިލްމުގެ ތެރެއިން މިންވަރެއް ޚުލާޞާކޮށް ހާމަކޮށްލުމަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ލާބަޔާއި މަންފާ ދުނިޔެއާއި އާޚިރަތަށްވެސް އެއިން ކުރާނެކަމެއްކަމުގައި ޔަޤީންކުރަމުން މިކަމުގައި ﷲ ގެ ތައުފީޤް ދެއްވުމަށްއެދޭ ޙާލު ލިޔަންފަށަމެވެ.
ޤިޔާމަތުގެ ޢަލާމާތްތައް

- ޤިޔާމަތު
ގެ ޢަލާމާތްތަކަށް އީމާންވުން ހިމެނޭނީ އީމާންކަމުގެ ރުކުނެއްކަމުގައިވާ އާޚިރަތް
ދުވަހަށް އީމާންވުމުގެ ތެރެއިންނެވެ.
- ޤިޔާމަތް
ޤާއިމުވާނޭ ތާރީޚަކާއި ވަޤުތެއް އަންގަވާފައި ނުވާ ނަމަވެސް ޤިޔާމަތް
ކައިރިވެގެންދާނެ ޢަލާމާތްތަކެއް މިއުއްމަތުގެ ނަބިއްޔާ محمد ø ވަނީ ބަޔާންކޮށްދެއްވާފައެވެ.
- ޤިޔާމަތްވާނެ
ދުވަހަކީ ހަފްތާގެ ތެރެއިން ހުކުރުވާ ދުވަހެއްކަން محمدø ވަނީ
ބަޔާންކޮށްދެއްވާފައެވެ.
- ބަޔާންކުރެވިފައި
މިވާ ޢަލާމާތްތަކުން ބައެއް ޢަލާމާތްތައް ތަރުތީބު ކުރެވޭނެ އިޝާރާތްތަކާއި ދަލީލު
ހުރި ނަމަވެސް އަނެއްބައި ޢަލާމާތްތަކަކީ ސާފުގޮތަކުން ތަރުތީބު އެނގެން އޮތް
ޢަލާމާތްތަކެއް ނޫނެވެ.
- ޤިޔާމަތުގެ
ޢަލާމާތެއްގެ ގޮތުގައި رسول الله ø ބަޔާންކުރައްވާފައިވާ ހުރިހާކަމަކީ
އެކަންކަން ޝަރީޢަތުގައި ގޯސްކަންކަމެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަންކަމެއް
ނޫނެވެ. އަދި ކިޔެއްތަ އޭގެ ތެރޭގައި އިންސާނުންނަށް ހުރި ހެޔޮ ކަމާ
ބާއްޖަވެރިކަންވެސް ހިމެނޭ ކަންކަން އިސްވެ ހިނގައްޖެ މެއެވެ! ނުބަޔަށް ހުރި
ޢަލާމާތްތަކާއި ފަސާދައިގެ ސިގްނަލްތަކެއްގެ ގޮތުގައި ބައެއް ޢަލާމާތްތައްވީއިރު
އަނެއްބައި ޢަލާމާތްތަކަކީ އިންސާނުންނަށް ހުރި ރަޙްމަތުގެ ނިޝާންކަމުގައިވެސް
ވެފައިވާކަން ހަނދުމައިގައި ބެހެއްޓެވުން ހުއްޓެވެ!
- 2012 ވަނަ
އަހަރުގެ ޑިސެމްބަރ މަހު ޤިޔާމަތް ނުވާނެކަންވެސް ޝައްކެއްނެތި ސާފުކޮށް
ދަލީލުތަކުން އެނގި ޔަޤީންވެއެވެ. والله أعلم
ކުދި ޢަލާމާތްތައް
1- އެންމެފަހުގެ
ނަބިއްޔާ محمدøފޮނުއްވުން.
2- محمد ø ނިޔާވުން.
3- ބައިތުލް މަޤްދިސް ފަތަޙަ ކުރުން.
4- މަރު ( ޢަމްޥާސް ގެ ޠާޢޫން)
5- މުދާ ގިނަވެ، ޞަދަޤާތުގެ ބޭނުން ކެނޑުން
6- ފިތުނަތައް ފާޅުވުން
7- ނަބީކަމަށް ދަޢުވާކުރުން
8- އަމަން ޢާއްމުވުން
9- ޙިޖާޒް ކަރައިން އަލިފާންގަނޑެއް ފާޅުވުން
10- ތުރުކީންނާ ހަނގުރާމަކުރުން
11- ޢަޖަމީންނާ ހަނގުރާމަ ކުރުން
12- އަމާނާތް ގެއްލުން
13- ޢިލްމު އަރުއްވައިގަނެ، ޖާހިލުކަން ފާޅުވުން
14- ފުލުހުން ގިނަވުމާއި އަނިޔާވެރީންގެ އެހީތެރިން ގިނަވުން
15- ޒިނޭ ފެތުރުން
16- ރިބާ ފެތުރުން
17- މިއުޒިކް ސާމާނު ޙަލާލުކުރުން
18- ބަނގުރާ ބުއިންގިނަވެ، ރާ ޙަލާލްކަމުގައި ހެދުން- ތަފާތު ރީތި ނަންނަން ކިޔައިގެން ބަނގުރާ ހުއްދަކުރުން
19- މިސްކިތްތައް ޒީނަތްތެރި ކުރުމުގައި ފަޚުރުވެރިކަން ފާޅުކުރުން
20- ޢިމާރާތްތައް އުސްކުރުމުގައި ފަޚުރުވެރިވުން
21- އަޅުއަންހެނާ އޭނާގެ ސާހިބާ ވިހެއުން
22- ޤަތުލާއި މެރުން ގިނަވުން
23- ޒަމާނާއި ވަޤުތު ކައިރިވުން
24- ބާޒާރުތައް ކައިރިވުން ( އަތްފޯރާ ހިސާބަށް ދުނިޔޭގެ ބާޒާރުތައް އައުމާއި، ގާތްގާތުގައި ބާޒާރުތައް ހުރުންވެސް)
25- މިއުއްމަތުގައި ޝިރުކު އަނެއްކާ ފާޅުވުން
26- ފާޙިޝްކަންކަން ފެތުރުން
27- ރަޙިމުގެ ގުޅުން ކެނޑުން
28- އަވައްޓެރިންނާމެދުގައި ނުބައިކޮށްހިތުން ޢާއްމުވުން
29- މުސްކުޅިކަމުގެ ޞިފަ ޒުވާންކަމަށް ބަދަލުކޮށް ބޯ ކަޅުކުރުން
30- ޢަމަލުކުރުން މަދުވުން
31- ދަހިވެތިކަން ޢާންމުވުން
32- ވިޔަފާރި ގިނަވުން
33- ބިންހެލުން ގިނަވުން
34- ބިންގަނޑު ގެންބެވުމާއި، ޞިފަ ބަދަލުކުރެއްވުމާއި،ހިލައިގެ ޠޫފާން ފާޅުވުން
35- ހެޔޮލަފާ މީހުން މަރުވުން ގިނަވުން
36- ދަށުދަރަޖައިގެ މީހުން ބޮޑެތި މަޤާމްތަކަށް އިސްވުން
37- ސަލާމް ކުރުން ހަމައެކަނި ރައްޓެހި މީހާއަށް އޮތުން
38- ކުދިކުދި މީހުން ކައިރިން ޢިލްމު ހޯދޭން ފެށުން
39- ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުން ފާޅުވުން
40- މުއުމިނާގެ ހުވަފެން ސީދާވުން ގިނަވުން
41- ލިޔުންތެރިކަމާއި ޤަލަން ޢާއްމުވެ ގިނަވުން
42- ދޮގުހެކި ދިނުމާ ޙައްޤުހެކި ވަންހަނާ ކުރުން
43- އަންހެނުން ގިނަވެ، ފިރިހެނުން މަދުވުން (50 އަންހެނުންނަށް އެންމެ ފިރިހެނަކު ވާވަރަށް)
44- ކުއްލި މަރު ގިނަވުން
45- ބީރައްޓެހިވުން
46- ޢަރަބި ޖަޒީރާގެ ބިންގަނޑުގައި ކޯރުތަށް ނިކުމެ، ބަގީޗާތަކުގެ ފެހިކަމުން މުޅި ޖަޒީރާ ޒީނަތްތެރިވުން
47- ގިނައިން ވާރޭ ވެހުނަސް ގަސްފެޅުން މަދުވުން
48- ފުރާތުކޯރުން ރަނުގެ ފަރުބަދައެއް ހިލި، އޭތީގެ ދަހިވެތިކަމުގައި މައްޗަށް މީސްތަކުން ހަނގުރާމަކުރުން
49- ވަލުޖަނަވާރު އިންސާނުންނާ ބަސްމޮށެ އުޅުން
50- ތިމާގެ އަތުގައި އޮންނަ ހަންމުށި ތިމާއާ ވާހަކަ ދެއްކުން
51- ފައިވާނު ވަދު ތިމާއާ ވާހަކަ ދެއްކުން
52- މީހާގެ މާކަޅުވާއިން ގޭތެރޭގެ ސިއްރުތަކާމެދު އޭނާއަށް ޚަބަރުދިނުން
53- ދުނިޔޭގެފިތުނަޔާ ހެދި ހާސްވެ ހަދާނެގޮތްހުސްވެ ، ކަށްވަޅަށްވަނުމަށް އުއްމީދުކުރުން
54- ރޫމީން ގިނަވެ، މުސްލިމުންނާ ހަނގުރާމަކުރުން
55- ޤުސްޠުންޠީނިއްޔާ ފަތަޙަ ކުރުމަށް އިސްޙާޤުގެފާނުގެ ނަސްލުގެ 70 ހާސް މީހުން ހަނގުރާމައިގާ ބައިވެރިވުން
56- މީސްތަކުން އެމީހެއްގެ ޢަޞާއިން ކިޔަމަންކުރާނޭ ޤަޙްޠާނީކަލޭގެ ނިކުތުން
57- ޔަހޫދީންނާ މުސްލިމުން ހަނގުރާމަ ކުރުން
58- މަދީނާ އިން ނުބައިމީހުން ބޭރުކުރުން
59- މުއުމިނުންގެ ފުރާނަ ހިފުމަށް ޔަމަނު ކަރަޔާދިމައިން ރޯޅިއެއް ފޮނުއްވުން
60- އިތިއޯޕިއާ އިން އަންނަ މީހަކު ގެފުޅު ފުނޑުފުނޑުކޮށްލުން

ބޮޑެތި ޢަލާމާތްތައް
1. މަހުދީގެފާނު (محمد ø ގެ ދަރިކޮޅުން ފަހުޒަމާނަށް
އުފަންވެވަޑައިގަންނަވާ ޢަދުލުވެރި ބޭކަލެއް) ( 7 އަހަރު ރަސްކަން ކުރައްވާނެ)
2.މަސީޙުއްދައްޖާލު ފާޅުކުރެއްވުން (ޚުރާސާނުން) 40 ދުވަހު ދުނިޔޭގައި އެނބުރޭނެ.
3. ޢީސާ ޢަލައިހިއްސަލާމް އުނޑުން ބިމަށް ފައިބާވަޑައިގަތުން
4. ދައްޖާލު ޤަތުލުކުރެއްވުން (ދައްޖާލު ޤަތުލުކުރައްވާނީ ސަލާމްލެއްވި ޢީސާ ގެފާނެވެ.)
5. ذو القرنين ރަސްގެފާނު ބިނާކުރައްވާފައިވާ ދަގަނޑުއެކަތައިގެ ފާރު ފޫވައްޓާލުމަށް ފަހު ދުނިޔެ ފަސާދަކުރުމަށް ޔައުޖޫޖު މައުޖޫޖު ބާގައިގެ(ސަލާމްލެއްވި ނޫޙް ގެފާނުގެ ދަރިކަލުން ޔާފިޘް ގެ ދަރިކޮޅުގެ ދެ ޤަބީލާ ކަމުގައިވާ) މީހުން ނިކުމެގަތުން.
6. ގަންބަވައިގަތުން (މަޝްރިޤާ ވީފަރާތުންނާއި މަޣްރިބާވީ ފަރާތުންނާއި،ޢަރަބީންގެ ޖަޒީރާއިން ބިންގަނޑު ގަންބަވައިގަތުން )
7. ދުންގަނޑު
8. ހުޅަނގުފަރާތުން އިރުއެރުން
9. ދާއްބަ (ސަލާމްލެއްވި ޞާލިޙުގެފާނުގެ ޖަމަލުގެ ޢާއިލާއިން)
10. ޔަމަންގެ ޙަޟްރަމަޥުތުން ނިކުންނަ އަލިފާންގަނޑު

ވަޤުތަކީ މާތް ﷲ ނޫން އެއްވެސް ފަރާތަކަށް އޭގެ ޢިލްމު އެނގޭނޭ ވަޤުތެއް
ނޫންކަމުގައި އިސްލާމުން ޤަބޫލުކުރަންޖެހޭ ޢަޤީދާ ގައި ވެއެވެ. މާތް ﷲ
ވަޙީކުރައްވާފައިވެއެވެ. “ يَسْأَلُكَ النَّاسُ عَنِ السَّاعَةِ قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ “سورة الأحزاب 63 މާނައީ “ ޤިޔާމަތްވާނެ ވަޤުތަކާމެދު މީސްތަކުން
ކަލޭގެފާނާ ސުވާލުކުރެތެވެ. އެމީހުންނަށް ޖަވާބުދެއްވާށެވެ.ހަމަކަށަވަރުން
އެދުވަހުގެ ޢިލްމު ވަނީ ﷲ ގެ ޙަޟްރަތުގައެވެ”
- މިޢަލާމާތްތައް މިތާނގައި ލިޔެވިފައިވަނީ ހަމައެކަނި ސުރުޚީތަކެއްގޮތުގައި ކަމުން މިއިން ކޮންމެ ކަމެއްގެ ޝަރަޙައާއި ތަފްޞީލުތައް ޢިލްމުވެރީން ލިޔުއްވާފައިވާ ލިޔުންތަކުންނާއި، އަދި ޢިލްމުވެރީންކައިރިން އަހައި އޮޅުންފިލުވައިގެން ދެނެގަތުމަކީ މުސްލިމުންނަށް ލާބަޔާއި މަންފާ ހުންނާނެ ކަމެއްކަމުގައިވެސް ހަނދާންކޮށްދެމުން ނިންމާލަމެވެ.
والحمد لله رب العالمين . أللهم اختم لنا بخاتمة السعداء. آمين
=الشيخ عبد الله بن محمد إبراهيم=

No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ