ސައިންސްގެ ހޯދުންތައް ދައްކާގޮތުން އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ. މާމެލާމެލި އާބާދުވާން ފަށާފައިވަނީ މީގެ 130 މިލިއަން އަހަރު ކުރީންނެވެ. މަންމަލި ޖަނަވާރުން ދުނިޔޭގައި އުޅެން ފެށިތާ 200 މިލިއަން އަހަރު ވެދާނެއެވެ. އެއްގަމުގައި ގަސްގަހާގެހި އާބާދުވާން ފަށާފައިވަނީ 475 މިލިއަން އަހަރު ކުރީންނެވެ. މަސްމަހާމެހި ދުނިޔޭގައި އާބާދުވެފައިވަނީ 500 މިލިއަން އަހަރު ކުރީންނެވެ. ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ. ހަނދުގެ އުމުރަކީ 4.56 ބިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.57 ބިލިއަން އަހަރެވެ. މިކައުނުގެ އުމުރު ކަމުގައިވަނީ 13.75 ބިލިއަން އަހަރެވެ. އެއަށްވުރެއް ކުރީން ވަނީ ކޮން އެއްޗެއްތޯއެވެ؟ އަދި މިކައުނާއި މިކައުނުގައި ވާހާ އެއްޗެއްގެ ފެށުމަކީ ކޮބައިތޯއެވެ؟ ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދަންނަވަން ޖެހެނީ، މިފުރިހަމަ ނިޡާމު އުފެއްދެވުމުގެ ފެށުމަކީ އިންސާނުންނަށް އެނގި ހޯދިފައިވާ ވަޤުތާއި ފިޒިކްސްގެ ޤާނޫނުތަކަށް ތަބާނުވާ ޒަމާނަކާއި ތަނެއްގައި ގޮވި ބޮޑު ގޮވުމެއް ކަމެވެ.
ފުރަތަމަ ޞަފްޙާ
މަޢުލޫތައް
ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ
04 May, 2013
މާމުޔާއި ކުޅަނދުރު
މާމުޔާއި ކުޅަނދުރުގެ ވާހަކަ ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވެއެވެ. ޤުރުއާނުގައި މިވާހަކަ ނަންގަނެވިފައި އޮތުމުން ދޭހަވަނީ އިންސާނުން ނަށް އެއިން ހާޞިލް ކުރަން ޖެހޭ އިބްރައިތްތެރި އާޔަތްތަކެއް ވާކަމެވެ.
03 May, 2013
އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ
މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ
އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި
ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު
އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ
ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި
އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ.
ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.
Subscribe to:
Posts (Atom)